ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/42
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 08 މާރިޗު 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދަށް މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދަށް (ލޭންޑިންގ ކުރާފްޓް) ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު (ލޭންޑިންގ ކުރާފްޓް)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/10,000ރުފިޔާއާއި -/12,000ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުނި އުފުލާ އުޅަނދުގެ މައި އިންޖީނު، ޖަނަރޭޓަރ ސެޓް އަދި އުޅަނދުގައި ހުންނަ އެހެނިހެން މެޝިނަރީތައް އޮޕަރޭޓްކޮށް ބެލެހެއްޓުން.
  • ކުނި އުފުލާ އުޅަނދުގެ މައި އިންޖީނު، ޖަނަރޭޓަރސެޓް އަދި އުޅަނދުގައި ހުންނަ އެހެނިހެން މެޝިނަރީތައް ރިޕެއަރކޮށް އަދި މެއިންޓެނަންސް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ވޮޗް ކީޕިންގ އިންޖިނިއަރ ސެޓުފިކެޓު (އޯޝަން ގޮއިން) އޮތުމާއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ށ) އިނގިރޭސި އާއި ދިވެހިބަހުން މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ރ) މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

އޮއިލަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު (ލޭންޑިންގ ކުރާފްޓް)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9,000ރުފިޔާއާއި -/11,000ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އިންޖިނިއަރުގެ ލަފާގެ މަތިން ކުނި އުފުލާ އުޅަނދުގެ މައި އިންޖީނު، ޖަނަރޭޓަރސެޓް އަދި އުޅަނދުގައި ހުންނަ އެހެނިހެން މެޝިނަރީތައް އޮޕަރޭޓްކޮށް ބެލެހެއްޓުން.
  • އިންޖީނާއި ޖަނަރޭޓަރަށް ދިމާވާ ކުދި މައްސަލަތައް މަރާމާތުތައްކޮށް، ތެޔޮ ބަދަލު ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) އިންޖިން ރޭޓިންގ ސެޓުފިކެޓެއް އޮތުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،

(ށ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛

(ނ) މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

އޭބަލް ބޯއީ (އޭ/ބީ)

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު (ލޭންޑިންގ ކުރާފްޓް)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9,000ރުފިޔާއާއި -/11,000ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ރޭމްޕް ވިންޗް އަދި ޑެކްގައި ބޭނުންކުރާ އެހެނިހެން މެޝިނެރީޒްތައް އޮޕަރޭޓް ކުރުން.
  • ބޭނުންވެއްޖެހާލަތެއްގައި އުޅަނދުގެ ކެޕްޓަންގެ އިރުޝާދުގެ މަތިން ހުންގާނުގައި ހިފުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ޑެކް ރޭޓިންގ ސެޓުފިކެޓެއް އޮތުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ނިޔަމި ކަމުގެ ސަނަދު/ސެޓުފިކެޓު ނުވަތަ އެ ފެންވަރުގެ ސަނަދު/ސެޓުފިކެޓު އޮތް ފަރާތަކަށް އިސްކަންދެވޭނެއެވެ.

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމު:

ކުނި އުފުލާ އުޅަނދުގެ ފަޅުވެރިން

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ބޭނުންކުރާ ކުނި އުފުލާ އުޅަނދު (ލޭންޑިންގ ކުރާފްޓް)

މުސާރައާއި ސަރވިސް އެލަވަންސް އަދި ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9,000ރުފިޔާއާއި -/7,000ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • އުޅަނދު އޮޕަރޭޓް ކުރުމަށް ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  • އުޅަނދު ސާފުކޮށް ބެލެހެއްޓުން
  • އުޅަނދަށް ކުނި އަރުވައި، ބޭލުމުގެ މަސައްކަތް ކުރުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މިފަދަ ނުވަތަ މި ސައިޒްތަކުގެ ކަނޑު އުޅަނދުފަހަރުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ށ) ފަތަން އެނގޭ މީހަކަށްވުން؛

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން؛

އިތުރު އިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެ މަތިން، ފުޑް އެލަންސްގެ ގޮތުގައި -/2,500ރުފިޔާ އަދި އިތުރުގަޑީގެ ފައިސާ ކޮންމެ މަހަކު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ އަދި ސީ.ވީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނެއެވެ.
  • އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 މާރިޗު 08 (އަންގާރަ) ދުވަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

25 ފެބުރުވަރީ 2016