މަސައްކަތް
ނަންބަރު: (IUL)30-P1/30/2026/166
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 02 ނޮވެންބަރު 2026 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ވެޓް މާކެޓް ކޮށީ (ނަންބަރު 356) ގެ ސެކިއުރިޓީ އަދި ވެޓް މާރުކޭޓުގައި ކުނި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ސާފުކޮށް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބެލެހެއްޓުމުގެ މަސައްކަތް

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ވަގުތީ ވެޓް މާކެޓް ކޮށީ (ނަންބަރު 356) ގެ ސެކިއުރިޓީ އަދި ވެޓް މާރުކޭޓުގައި ކުނި ބެހެއްޓުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ސާފުކޮށް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

26 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް

ވަގުތީ ވެޓް މާކެޓް ކޮށި (ނަންބަރު 356)

އަންދާސީ ހިސާބު ހުށަހެޅުން

02 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

22 އޮކްޓޫބަރު 2026