ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އާ ޚިލާފަށް ހުއްދަނެތި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ ޙަރަކާތްތެރިވަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވާ ބޭރުގެ މަސްވެރި އުޅަނދުތަކެއްގައި ހުރި މަސް، ގަވާއިދު ނަންބަރު: 2022/R-123 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓްކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު) ގެ ދަށުން ނީލަން ކިޔުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން މި ނީލަން ކުރިއަށްދާނީ، ގަވާއިދުގެ 34 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ނީލަމުގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުމުގެ އުޞޫލުންނެވެ.
އުޅަނދުތަކުގައި ހުރި މަހުގެ ބާވަތްތަކާއި، އަންދާޒާ ކުރެވޭ ބަރުދަނުގެ އަގު ތިރީގައި އެވަނީއެވެ:
- ކަޅުބިލަމަސް: 2.5 ޓަނު
- ރީނދޫ އުރަހަ ކަންނެލި: 450 ކިލޯ
- ހިބަރު: 370 ކިލޯ
- ކުރުމަސް: 103 ކިލޯ
މި ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކ. ދޫނިދޫ ބަނދަރުގައެވެ. އެހެންކަމުން، މި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރު 2026 ގެ 10:00ގެ ކުރިން މި މިނިސްޓްރީގެ ނަންބަރު 3322625 ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގެ [email protected] އަށް އީމެއިލްކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ.