މުބާރާތް
ނަންބަރު: (IUL)309-AHI/309/2026/94
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 08 ނޮވެންބަރު 2026 13:30
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026

އިނގުރައިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން  " ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026" ގެ ނަމުގައި ހޭންޑްބޯލް މުބާރާތެއް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 08 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:30 ކުރިން " ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026" ގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް ފުރުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމު ލިސްޓް ހުށަހެޅޭނެ އެންމެފަހުގެ ތާރީޚަކީ 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:30 އެވެ.

  ބައިވެރިވުމުގެ ގޫގުލް ފޯމް ލިންކް: https://forms.gle/RKfjpp1T1udaqpeD8

  ޓީމް ލިސްޓް ހުށަހަޅާ ފޯމް: https://forms.gle/pRbEj1pdKjMnfc1n7

މި އިޢުލާނާއިއެކު "ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2026" މުބާރާތުގެ ގަވާއިދު ޢާންމުކުރީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2026