ތަމްރީނު
ނަންބަރު: (IUL)356/356/2026/62
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 01 ނޮވެންބަރު 2026 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކައުންސިލުގެ ނަންބަރު: (IUL)356/356/2026/43 (18 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން ހުށައެޅި 3 ޕްރޮޕޯޝަލްގެ ތެރެއިން 2 ޕްރޮޕޯޝަލް އަގުބޮޑުކަމަށް ފެންނާތީއާއި، 1 ޕްރޮޕޯޝަލްގައި މާލިއްޔަތު ޤަވާޢިދާ ޚިލާފު ބައެއް ކަންކަން ހުރުމުން މަތީގައި ދެންނެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅި ޕްރޮޕޯޝަލްތައް ބާޠިލްކޮށް އަލުން ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 އޮކްޓޯބަރ2026  ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށްގެންނެވެ.  ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:  [email protected] އަށް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ރަޖިސްޓްރޭޝަން ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމުން ޕްރޮޕޯޝަލް ހުށަހަޅަވީގޮތުގެ ނަމޫނާ ހިތްސާ ކުރެވޭނެއެވެ.

ޕްރޮޕޯޝަލް ހުށައެޅުމާއި ޕްރޮޕޯޝަލް ހުޅުވުން އޮންނާނީ 1 ނޮވެންބަރ ވަނަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ޕްރޮޕޯޝަލް ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑް ކޮޕީ ގެންނަންވާނެއެވެ.

ޕްރޮޕޯޝަލް މިންކުރާނޭ މިންގަނޑު

  • ހުށައަޅާ އަގަށް %70
  • ތަޖުރިބާއަށް %20 (2020 ވަނަ އަހަރުގެ ފަހުން، މި ބާވަތުގެ، މަސައްކަތެއްކޮށް، ފުރިހަމަކޮށްފައިވާކަން ދަލީލުކޮށްދޭ ލިޔުން ހުށަހެޅުމުން، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2 (ދޭއް) ޕޮއިންޓު. މި ބައި ގައި ގިނަވެގެން ހިމެނޭނީ 10 (ދިހަ) ލިޔުން.)
  • ފޯރުކޮށްދޭ އާލާތްތަކަށް (މަސައްކަތާއި ގުޅުންހުރި އާލާތްތަކަށް)

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6680538 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

23 އޮގަސްޓް 2026