ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-A/294/2026/48
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި:
28 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ވެރިރަށް މާލޭގައި ބާއްވާ ޙަފްލާގައި ދެވޭ ތިރީގައި މި ދަންނަވާ އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމުދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް
- އުޅޭ، އާމުދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޙިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑް
ވީމާ، މި އެވޯޑްތަކަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ ފާރާތްތަކުން 28 އޮކްޓޯބަރު 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ ރަސްމީ ވައިބާރ ނަންބަރަށް 7380029 ފުރިހަމަނަމާއި ދާއިމީއެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ފޮނުއްވުން އެދެމެވެ.
ނޯޓް:- އެވޯޑްތަކަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން.
22 އޮކްޓޫބަރު 2026