ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2026/225 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ރޭޑިއޯ ބިލްޑިންގ ކޮމްޕައުންޑްގައި ހުރި 2 ބުރީގެ އިމާރާތެއް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL) PSM-FP/ PSM/2026/130 އާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅި 2 ފަރާތުންވެސް އެއްބާރުލުން ލިބިފައިނުވާތީ، ދެންނެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް ބާތިލްކޮށް، އެއިމާރާތް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުއްޔަށް ދޭ ސަރަހައްދު (ސައިޓް) ދެއްކުން އޮންނާނީ 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގައި ޕީއެސްއެމް ރޭޑިއޯ ބިލްޑިންގ (އަމީނީ މަގު) އެވެ.
ވީމާ، ސައިޓް ބެއްލެވުމަށްފަހު، 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ޓީވީ ބިލްޑިންގ (ބުރުޒުމަގު) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ގެޒެޓްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހެޅުންއެދެމެވެ. އަދި ސައިޓް ބެލުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.