ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMC-HR/1/2026/35
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 26 އޮކްޓޫބަރު 2026 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑިޖިޓަލް އާޓިސްޓް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: ‎(IUL)VMC-HR/1/2026/35  

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޑިޖިޓަލް އާޓިސްޓް

- މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު

- ސަރވިސް އެލަވަންސް: -/3,427 ރުފިޔާ މަހަކު

- ލިވިންގ އެލަވަންސް: -/2,938 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މާކެޓިންގ / ކްރިއޭޓިވް ލެބް / ޑިޒައިން

ބޭނުންވާ އަދަދު: 01

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

  • ކޯޕަރޭޝަންގެ އަހަރީ ޕަބްލިކޭޝަންތަކާއި، ޑެސްޓިނޭޝަން ގައިޑް، ކަލަންޑަރ، އަދި އެއާ ގުޅުންހުރި ތަކެތި ހިމެނޭ ގޮތަށް ފަރުމާކޮށް ތައްޔާރުކުރުން.
  • ކޯޕަރޭޝަންގެ އަހަރީ ރިޕޯޓްތައް ޑިޒައިންކޮށް، ބްރޭންޑް ގައިޑްލައިންތަކާއި ކޯޕަރޭޓް އައިޑެންޓިޓީއާ އެއްގޮތްވާކަން ކަށަވަރުކުރުން.
  • ކޯޕަރޭޝަނަށް ބޭނުންވާ ޑިޖިޓަލް އަދި ޕްރިންޓް އެސެޓްސް، މާކެޓިންގ ކޮލެޓަރަލް، އިލަސްޓްރޭޝަން، ޕްރެޒެންޓޭޝަން، އިންފޯގްރާފިކްސް ފަދަ ޕްރޮމޯޝަނަލް ކޮންޓެންޓްސް ތަކާއި، ތަފާތު ކްރިއޭޓިވް މެޓީރިއަލްސް އުފެއްދުން.
  • ކޯޕަރޭޝަންގެ ރަސްމީ ޕްލެޓްފޯމްތަކަށް ސޯޝަލް-މީޑިއާ ކްރިއޭޓިވްސް އަދި އެހެނިހެން ޑިޖިޓަލް-މީޑިއާ ކޮންޓެންޓް ތައްޔާރުކުރުން.
  • ލިބޭ ރިކުއެސްޓްތަކާއި އެއްގޮތަށް، ކޯޕަރޭޓް އާޓްވޯކް އަދި ޑިޒައިން ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ކޯޕަރޭޝަންގެ ވިޝުއަލް ސްޓޭންޑަރޑްތަކާ އެލައިންވާ ގޮތުގެ މަތިން ތައްޔާރުކުރުން.
  • އެކިކަހަލަ މާކެޓިންގ ހަރކާތްތަކާއި، ކޯޕަރޭޓް ކޮމިއުނިކޭޝަން ރިކުއަޔަރމަންޓްތަކަށް ޑިޒައިން ސަޕޯޓް ފޯރުކޮށް ދިނުން.
  • ކޯޕަރޭޝަންގެ އެކި ޓީމްތަކާއި، އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅިގެން ޚިޔާލު ތަނަވަސް، އުފެއްދުންތެރި ކޮންސެޕްޓްތައް އެކުލަވާލައި ފޯރުކޮށްދިނުން.
  • ތައްޔާރުކުރެވޭ މެޓީރިއަލްސްތައް ހުންނަނީ ބްރޭންޑް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ވިޒިޓް މޯލްޑިވްސްގެ ލޯގޯ، ޓައިޕޮގްރަފީ، ކުލަ، ކްލިއަރ-ސްޕޭސް، އަދި ބެކްގްރައުންޑް-ޔޫސޭޖް ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަން ކަށަވަރުކުރުން.
  • ކުރިއަށް އޮތްތަނުގައި ބޭނުންކުރުމަށާއި ބްރޭންޑް ކޮންސިސްޓެންސީ ދެމެހެއްޓުމަށްޓަކައި، ޕްރޮޖެކްޓް ފައިލްތަކާއި، ސޯސް އެސެޓްތަކާއި، ޓެމްޕްލޭޓްތަކާއި، އާޓްވޯކް ތައް ތަރުތީބުން ބެލެހެއްޓުން.
  • ކޯޕަރޭޝަނުން ރާވާ ހިންގާ އެންމެހައި ހަރަކާތްތަކުގައި ހީވާގިކަމާއެކު ބައިވެރިވުން.
  • ޑިޕާޓްމަންޓްގެ އިސްވެރިޔާ ނުވަތަ މެނޭޖްމަންޓުން ހަވާލުކުރާ ރަސްމީ އެހެން މަސައްކަތެއް ކުރުން.

 

3. ފޯމު ހުށަހަޅަންވީ ތަނާއި ތާރީޚް:

 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035519، 3035515 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

ޢަބްދުﷲ ޔާސިރު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

 

21 އޮކްޓޫބަރު 2026