ދެންނެވުން
ނަންބަރު: GT/2026/1277
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
05 ނޮވެންބަރު 2026 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ އަދި އަތޮޅުތެރޭގައި ތިބި އެސްޓީއޯގެ އެޖެންޓުންނަށް މުދާ ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އެސްޓީއޯ ސްޓޭޕަލް ފުޑްސް މެދުވެރިކޮށް ކާޑުގެ ބާވަތްތަކަށް އޯޑަރުކުރާ ކަސްޓަމަރުންނާއި އެޖެންޓުންނަށް ކާޑު ޑެލިވަރީކޮށްދިނުމުގެ މަޖޫރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތް ކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:
- މަސައްކަތުގައި ބައިވެރިވާ ބިދޭސީ މުވައްޒަފުންނަކީ ސައްޙަ ވާރކް ޕާމިޓެއް އޮތް ފަރާތްތަކަކަށް ވާންވާނެއެވެ.
- މި މަސައްކަތަށް ބޭނުންކުރެވޭނެ އަމިއްލަ އުޅަނދެއް (ވެހިކަލެއް) އޮތް ފަރާތަކަށް ވާންވާނެއެވެ.
ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ވެރިފަރާތުގެ ސިޓީ
- ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
- މަސައްކަތުގައި ބައިވެރިވާ ބިދޭސީ މުވައްޒަފުންގެ ސައްޙަ ވާރކް ޕާމިޓް ކޮޕީ
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި މަސައްކަތަށް ރަޖިސްޓްރީވުމަށް އެދޭ ލިޔެކިޔުންތައް 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިޢިދާރާގެ އީމެއިލް ([email protected]) މެދުވެރިކޮށް ފޮނުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
21 އޮކްޓޫބަރު 2026