ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2026/78
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 20 ނޮވެންބަރު 2026 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ފުންކުރުމަށްޓަކައި ބަނދަރުން ވެލި ނެގުމާއި ގުޅޭ

ހއ.ކެލާ ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރާ ތިލަވެފައިވާތީ އެސަރަހައްދު ފުންކުރުމުގެ ގޮތުން އާންމުންގެ ބޭނުންތަކަށް އެއްމަސް ދުވަހުގެ މުއްދަތަށް ވެލި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވެލި ބޭނުންވާ ފަރާތްތަކުން 21 އޮކްޓޫބަރު 2026 އިން 20 ނޮވެންބަރު 2026ގެ ނިޔަލަށް މި ސަރަހައްދުން ވެލި ނެގުމަށް ދަންނަވަމެވެ. ވެލި ނަގަންވާނީ ހިކިދިޔައިގައި ބަނދަރުގެ އެތެރޭގެ އިރު އުތުރުފަރާތުން، ހިލަތޮށްޓަށް ގެއްލުން ނުވާނެހެން، ހިލަތޮށިން ފެށިގެން 4 ފޫޓު ދުރުންނެވެ. އަދި ވެލި އަޅާ ބަސްތާތައް ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ ގިނަވެގެން 4 ގަޑިއިރު ކަމުގައި ދަންނަވަމެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

20 އޮކްޓޫބަރު 2026