ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު: FSM-ADV/2026/212
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކ.ތިލަފުށި ވެއާހައުސް އަދި އެކޮމޮޑޭޝަން ބްލޮކްގެ ކުރެހުންތައް އަދި ބީއޯކިއު ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ޕްރީބިޑް ބައްދަލުވުން: ޕްރީބިޑު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެފް އެސް އެމް ބިލްޑިންގެ 6 ވަނަ ފަންގިފިލާގައެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
21 އޮކްޓޯބަރ 2026