ބީލަން
ނަންބަރު: (IUL)305-ME305/305/2026/165
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 02 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރުފަރާތު ބަނދަރު ފާލަމުގެ ހަޓުގެ ސިމެންތި އަދި ކޮންކްރިޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

އުތުރުފަރާތު ބަނދަރު ފާލަމުގެ ހަޓުގެ ސިމެންތި އަދި ކޮންކްރިޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި އިދާރާގެ ނަންބަރު (IUL)305-ME305/305/2026/157 (13 އޮކްޓޯބަރު 2026) އިޢުލާނަށް އިޖާބަދެއްވައި އެއްވެސް ފަރާތަކުން ބިޑް ރަޖިސްޓްރީ ފޯމު ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ރ. މާކުރަތު އުތުރުފަރާތު ބަނދަރު ފާލަމުގެ ހަޓުގެ ސިމެންތި އަދި ކޮންކްރިޓް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބިޑް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 27 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

ރ. މާކުރަތު ކައުންސިލުގެ އިދާރާ

އަންގާރަ

27 އޮކްޓޯބަރ 2026

13:00ގެ ކުރިން

ބިޑް ހުށަހެޅުން

ރ. މާކުރަތު ކައުންސިލުގެ އިދާރާ

ހޯމަ

02 ނޮވެމްބަރު 2026

 13:00

ބީލަމުގައި ރަޖިސްޓަރީވުމަށްޓަކައި، ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ އީމެއިލް   [email protected]  ނުވަތަ  [email protected]  އަށް ފޮނުވުމުން ވެސް ބަލައިގަނެވޭނެއެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވުން ނުވަތަ [email protected] / [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމީމެވެ.

10 ޖުމާދަލްއޫލާ 1448

21 އޮކްޓޫބަރު 2026