ދިވެހިރާއްޖެ
ގދ. ރަތަފަންދޫގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ދޯނިގިއްލާގެ ފަޅުތެރޭގައި މެރިކަލްޗަރ ޕްރޮޖެކްޓްއެއް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިގޮތަށް ހުޅުވާލަނީ މެރިކަލްޗަރ ޕްރޮޖެކްޓްތައް ހިންގުމަށް ބައެއް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރުމުން ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތެއްދީ އެންމެ އެކަށީގެންވާ ހުށަހެޅުމަށް ހޯދުމަށް ކައުންސިލް އިން ނިންމުމާއި ގުޅިގެންނެވެ.
ވީމާ، އިސްވެ ދެންނެވުނު ސަރަހައްދުގައި މެރިކަލްޗަ ޕްރޮޖެކްޓްއެއް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026/10/26 ވާ ހޯމަ ދުވަހުގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށްމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު 2026/11/5 ބުރާސްފަތި ދުވަގު .11:00 އަށް އަންދާސީ ހސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތާއި ލިޔެކިޔުންތައް ޕްރޮޕޯޒަލްއާއެކު ހުށަހެޅުއްވުން އެދެމެވެ.
- މި މަސައްކަތުގެ ކުލީގެ ގޮތުގައި ކައުންސިލަށް މަހުން މަހަށް ދެއްކުމަށް ހުށަހަޅާ އަގު (ކައުންސިލްއިން ފާސްކޮށްފައިވާ އެންމެ ކުޑައަގު 0.25 ރުފިޔާ އަށްވުރެން ކުޑަ ނުވާނޭގޮތަށް ހުށަހަޅާ އަގު)
- ފަޅުތެރޭގައި މި މަސައްކަތް ކުރުމަށް އެދޭ މުއްދަތު
- މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔެކިޔުން (ހުށަހަޅަން ބޭނުންފުޅުވާނަމަ)
ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ 2026/11/5 ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ގދ. ރަތަފަންދޫ ފަޅުތެރޭގައި މެރިކަލްޗަރ ޕްރޮޖެކްއެއް ހިންގުމަށްއެދި / އިޢުލާން ނަންބަރު (IUL)420-PED/420/2026/37)" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6841626 އަށް ގުޅެއްވުން އެދެމެވެ.
ބީލަން ނުވަތަ ޕްރޮޕޯސަލް ހުށަހަޅާފަރާތުގެ ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ، އެމީހަކީ އެވިޔަފާރީގެ ފަރާތުން ކަޑައަޅާފައިވާ ފަރާތެއްކަން އެގޭނޭ ލިޔުމެއް ނުވަތަ ބޯޑް ރިޒޮލިޔުޝަނެއް ހުށަހަޅަންވާނެއެވެ.
ނޯޓް : މެރިކަލްޗަރ ފާރމަށް ހުއްދަ ދިނުމުގައި ކައުންސިލުން އިސްކަންދޭނީ އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ހުށަހަޅާ ފަރާތްތަކަށާއި، ދިގު މުއްދަތަކަށް މި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ.