މަސައްކަތް
ނަންބަރު: (IUL)450-CA/1/2016/9
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 21 މާރިޗު 2016 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޖިންސީ އަނިޔާލިބޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ޖިންސީ ކުށުގެ ޤާނޫނު (17/2014) ގެ ދަށުން އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޖިންސީ ކުށުގެ ޤާނޫނު (17/2014) ގެ (64) ގެ މާއްދާގެ ދަށުން 'ކުށުގެ ޝިކާރައަށްވާ ފަރާތްތައް ނަފުސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ މި އޮތޯރިޓީގެ ޚަރަދުގައި، މި އޮތޯރިޓީން އިންތިޒާމުކުރާ އުސޫލެއްގެ މަތިން، އެއޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސައިދިނުން' އެއީ މި އޮތޯރިޓީން ކުރަންޖެހޭނެ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި ކައުންސެލިންގ އަދި ނަފްސާނީ އެހީތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތް

ޖިންސީ ކުށުގެ ޤާނޫނުގެ (17/2014) ދަށުން އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދިނުން 

ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ މަޢުލޫމާތު

 

  1. ޚިދުމަތްފޯރުކޮށްދޭން އެދޭ ފަރާތް/ ކްލިނިކް ޕްރޮފައިލް (އެފަރާތަކުން ފޯރުކޮށްދޭ ނަފުސާނީ ޚިދުމަތްތައް ތަފުސީލުކޮށް އެނގޭގޮތަށް ބަޔާންކުރެވިފައިވުން)
  2. ޚިދުމަތްފޯރުކޮށްދިނުމަށް އެދޭ ފަރާތް/ ކްލިނިކް ހިމެނޭ ކަމާބެހޭ ތަޖުރިބާކާރުންގެ ވަނަވަރު (މަސައްކަތުގައި ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ބަޔާންކުރެވިފައިވުން)
  3. ޚިދުމަތް ފޯރުކޮށްދިނުމުގެ އަގު ތަފުސީލުކޮށް އެނގޭގޮތަށް ބަޔާން ކުރެވިފައިވުން (ސިންގަލް ސެޝަންސް ނޫނީ ތެރަޕީ ޕެކޭޖްތަކުގެ އަގު ވަކިން ބަޔާންކުރެވިފައިވުން)

 

އިތުރު ތަފުސީލު

މި ޚިދުމަތް ފޯރުކޮށްދޭންޖެހޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތީން އޮތޯރިޓީން ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. އަދި މިޚިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށް މިމަސައްކަތް ހަވާލުކުރެވޭނީ އޮތޯރިޓީއާއެކު އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 21 މާރިޗު 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ ޕްރޮޕޯޒަލްތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

23 ފެބުރުވަރީ 2016