މަސައްކަތް
ނަންބަރު: 961/IUL/2026/19
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި:
28 އޮކްޓޫބަރު 2026 13:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލުގެ އެކިއެކި މަރާމާތުތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައިވާ މަރާމާތުތައް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- ސްކޫލު އޮފީހުގެ އިރުއުތުރުފަރާތުގެ ސީލިނގުން ބިންދައިގެންގޮސްފައިވާ ސީލިނގާއި ސްކޫލު އިމާރާތްތަކުގައި ހަރުކޮށްފައިވާ ބައެއް ދިޔަދޮވި ބަދަލުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ސްކޫލު އޮފީހަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- މައުލޫމާތު ކަރުދާހާއި ކޯޓޭޝަން ހުށަހަޅާފޯމް މިއިޢުލާނާއިއެކު ހިމެނިފައިވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާ ފޯމް ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. ކޯޓޭޝަން ހުށަހަޅާ ފޯމާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
މި މަސައްކަތްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 9123023 މި ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުންވެސް ލިބިވަޑައިގަންނަވާނެއެވެ.
ރ.އަނގޮޅިތީމު ސްކޫލް
ފޯން: 6580357
އީ-މެއިލް: admin@angolhitheemuschool.edu.mv
21 އޮކްޓޫބަރު 2026