ދެންނެވުން
ނަންބަރު: (IUL)113-MSWH/1/2026/124
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:31
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ސައުތު ވެސްޓް ހާބަރ ޒޯން ޑީގެ ޚިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭ.

މާލޭ ސައުތު ވެސްޓް ހާބަރުގެ ޒޯން ޑީ އިން ދެމުންގެންދާ ޚިދުމަތްތަކުގެ އަގުތަކަށް މި އިދާރާއިން ވަނީ ބަދަލު ގެނެސްފައެވެ.

މާލޭ ސައުތު ވެސްޓް ހާބަރުގެ ޒޯން ޑީ ސަރަހައްދަށް ތެޔޮ ބައުޒަރު ކައިރިކުރުމުގެ ޚިދުމަތަށް އަލަށް ކަނޑައެޅުނު އަގުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

 ތެޔޮ ބައުޒަރު ކައިރިކުރާ ވަގުތުން ފެށިގެން ސްލޮޓަކަށް ގަޑިއިރަކަށް

 -/55 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

 

މި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 01 ނޮވެންބަރު 2026 އިން ފެށިގެންނެވެ. ވީމާ، މާލޭ ސައުތު ވެސްޓް ހާބަރުން ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 3039644، 3039645 އަށް ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2026