ކުއްޔަށް ދިނުން
ނަންބަރު: MNU-CA-PAMD/2026/143
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި:
18 ނޮވެންބަރު 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ޢިމާރާތްކޮށްފައިވާ ފިހާރަބަރި (08 ފިހާރަ) ކުއްޔަށް ދިނުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ޢިމާރާތްކޮށްފައިވާ ފިހާރަބަރި (08 ފިހާރަ) ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ރަޖިސްޓްރީވުމަށް 05 ނޮވެންބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ ސެކްޝަން-1 ގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިޢުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 01 ނޮވެންބަރ 2026 ވަނަ ދުވަހު 13:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަސް ގައެވެ. ޕްރީ- ބިޑް މީޓިންގ އޮންލައިކޮށްވެސް ބައިވެރިވެ ވަޑައިގެންނެވޭނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 18 ނޮވެންބަރ 2026 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
- ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.gle/UKHQn4UDT1HAnGsy6
- ނޯޓް: ބިޑް ރަޖިސްޓްރޭޝަން ފޯރމްގައިވާ ލިންކަށް އެޕްލިކޭޝަން ފޯމް އެޓޭޗްކޮށްދެއްވުން އެދެމެވެ.
|
މަސައްކަތާގުޅޭ މަޢުލޫމާތެއްނަމަ؛ |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
|
އިދާރީ ސެކްޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސ.ހިތަދޫ ކެމްޕަސް ފޯން: 3345242 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 3345109, 33451113345110، އީ-މެއިލް: [email protected] |
20 އޮކްޓޯބަރ 2026
20 އޮކްޓޫބަރު 2026