ދެންނެވުން
ނަންބަރު: 60-COR/2026/269
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:38
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރުން

މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ކ.މާލެ، ގ.މާޅިކަ، އަލްފާޟިލް އަޙްމަދު އިމްދާޙް މުޙައްމަދު، 20 އޮކްޓޯބަރު 2026 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ޢައްޔަންކުރައްވާފައެވެ.

 

އަލްފާޟިލް އަޙްމަދު އިމްދާޙް މުޙައްމަދު

ނޮން-އެގްޒެކެޓިވް، އިންޑިޕެންޑަންޓް ޑިރެކްޓަރ

 

އަޙްމަދު އިމްދާޙް މުޙައްމަދަކީ ރެޖިސްޓަރޑް ކުއަންޓިޓީ ސަރވެޔަރެއްގެ އިތުރުން ކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރެވެ. އޭނާއަކީ އެ ކުންފުނިން ހިންގާ އިމާރާތްކުރުމާއި ފަރުމާކުރުމުގެ މަޝްރޫޢުތައް އިސްކޮށް ބަލަހައްޓަވާ ފަރާތެވެ. އޭނާ ވަނީ އައި.އައި.ޔޫ.އެމް އިން ބެޗްލަރ އޮފް ކުއަންޓިޓީ ސަރވެއިންގ (އޮނަރޒް) އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މަތީ ފަންތީގެ ކާމިޔާބީއަކާއެކު އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ގާތްގަނޑަކަށް ވިހި އަހަރުގެ ތަޖުރިބާ އޭނާ ހޯއްދަވާފައިވާއިރު، އޭގެ ތެރެއިން 15 އަހަރު ހޭދަކުރެއްވީ ޓެކްޓޯން ޑިޒައިން އެސޯސިއޭޓްސްގެ ޑައިރެކްޓަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ ރިސޯޓްތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އެކި ބޭނުންތަކަށް ޚާއްޞަކޮށްގެން ހަދާ އިމާރާތްތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ބޭނުންވާ ކޮސްޓް ކޮންސަލްޓަންސީ، ޓެންޑަރިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދެއްވާފައެވެ. އޭނާއަކީ މަޝްރޫޢުތައް ޕްލޭންކުރުމުގެ ހުނަރުވެރިކަމާއެކު، ޓީމުތައް އިސްވެ ބަލަހައްޓަވާ ޤާބިލު ލީޑަރެކެވެ.

 ވީމާ، މިކަން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

9 ޖުމާދުލްއޫލާ 1448

20 އޮކްޓޫބަރު 2026