ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/58
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 28 އޮކްޓޫބަރު 2026 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ބަނޑިދޫން ދޫކުރި ބަނޑާރަ ގޯތިތައް އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލްގެ އިޢުލާން ނަންބަރު (IUL)376/376/2025/29 އާ ގުޅިގެން، ބަނޑާރަ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި، އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި މި ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނަމަ ފޮނުއްވާނީ [email protected] އަށެވެ.

މަތީގައި ބަޔާންކުރެވިފައިވާ ސުންގަޑީގެ ފަހުން ގޯތި ބަދަލުކުރުމަށް އެދި ހުށަހަޅާ ސިޓީތައް ބަލައިނުގަނެވޭނެއެވެ. އަދި ފަހުން އެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2026