ދިވެހިރާއްޖެ
ވ.އަތޮޅު ހޮސްޕިޓަލްގެ ބޭސް އަންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ކަރަންޓް ކޭބަލް ވަޅުލުމާއި ކަރަންޓް ވަޔަރިންގ ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ވ.އަތޮޅު ހޮސްޕިޓަލްގެ ބޭސް އަންދާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ކަރަންޓް ކޭބަލް ވަޅުލުމާއި ކަރަންޓް ވަޔަރިންގ ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
|
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
މަޢުލޫމާތު ދިނުން |
25 އޮކްޓޫބަރު 2026 |
އާދިއްތަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
|
ބިޑް ހުށަހެޅުން |
29 އޮކްޓޫބަރު 2026 |
ބުރާސްފަތި |
10:30 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
09 ޖުމާދަލްޢޫލާ 1448
20 އޮކްޓޫބަރު 2026