ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347-ES/347/2026/51
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 06 ޑިސެންބަރު 2026 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރައިގެ ހުއްދައެއްނެތި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކުގައި ހަދާފައިވާ ތަންތަން ނެގުން.

މި އިދާރައިގެ ބެލުމުގެ ދަށުގައިވާ ބިންތަކުގައި، މި އިދާރައިގެ ހުއްދައެއްނެތި ހަދާފައިވާ ގުދަންތަކާއި، ހަޓްފަދަ ތަންތަނާއި، ދަރާއިފަން ރައްކާކުރުމަށް ހަދާފައިވާ ދަރުގެތަކާއި، ފިނިމައިޒާންގެ ގޮތުގައި ހަދާ ހިޔާކޮށްފައިވާ ތަންތަނާއި، އަދި ރަށުގެ ވަށައިގެންވާ ހުސްބިންތަކުގައި ބަހައްޓާފައިވާ ދަރާއި ފަން އަދި ގައުފޫނި ފަދަ ތަކެތި، 2026 ޑިސެމްބަރު 06 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ނަގާ ތަންސާފުކުރުމަށް އަންގަމެވެ.

މި މުއްދަތުގެ ތެރޭގައި މަތީގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެތި ނުނަގާނަމަ، މި އިދާރައިން އާއްމުކޮށްފައިވާ "އާއްމުތަންތަނަށާއި މަގުމައްޗަށާއި ފަޅުދެތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ" ގަވާއިދު (ގަވާއިދު ނަންބަރު: 2019/R-6) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލާނެ ތަކެއްޗާއި ސަރަހައްދު ކަނޑައަޅައި ކޮށްފައިވާ މި އިދާރައިގެ ނަންބަރު: (IUL)347/347/2019/55 (07 ޖުލައި 2019) އިޢުލާނުގައިވާ ފަދައިން ޢަމަލު ކުރާނެ ވާހަކަ އަންގާ އިޢުލާނުކުރީމެވެ.

20 އޮކްޓޫބަރު 2026