ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSED/248/2026/103
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި:
29 އޮކްޓޫބަރު 2026 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ޚާއްސަ ލައިސަންސް ދޫކުރުމުގެ ފުރުސަތު ހުޅުވާލުން.
ޤަވާއިދު ނަންބަރު R-102/2021 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްސަ ލައިސަންސް ދޫކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ލައިސެންސް ނެންގެވުމަށް ޝައުޤުވެރިވެލައްވާ އެންމެހައި އިސްރަށްވެހިން، މިއިދާރާއިން ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 29 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާއާ ގުޅުއްވުން އެދެމެވެ.
މި ޚިދުމަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ:
- މި ލައިސެންސް ދޫކުރެވޭނީ އުމުރުން 60 އަހަރު ފުރިފައިވާ އިސްރަށްވެހިންނަށް.
- މި ލައިސެންސް ދޫކުރެވޭނީ 60 ސީސީ އިން ދަށުގެ އޮޓޯ އަދި މޮޓޯ ސައިކަލު ދުއްވުމަށާއި، ރަށު ޕިކަޕު ފަދަ އުޅަނދުތައް ދުއްވުމަށް.
- މި ލައިސެންސް ދޫކުރެވޭނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް.
- މި ލައިސެންސްގެ ދަށުން އުޅަނދު ދުއްވުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ހއ. އިހަވަންދޫގަ.
- މި ލައިސެންސް ދޫކުރުމުގެ ޚިދުމަތު ފީއެއްގެ ގޮތުގައި -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގޭނެ.
- މި ލައިސެންސް ދޫކުރެވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޖުމާދަލްއޫލާ 1448
20 އޮކްޓޫބަރު 2026