މަސައްކަތް
ނަންބަރު: (IUL)340/340/2016/15
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 10 މާރިޗު 2016 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ބަނދަރަށާއި ކުޑަކުދިންގެ ޕާކަށް ފެންގުޅުން

އިޢުލާން

ރަސްދޫ ބަނދަރަށާއި ކުޑަކުދިންގެ ޕާކަށް ފެންގުޅުން:

ރަސްދޫ ބަނދަރު ސަރަޙައްދާއި ރަސްދޫ ކުޑަކުދިންގެ ޕާކަށް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ފެންވައިރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 10 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މާރިޗު 20 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާންޖެހޭނީ އައި.ޑީ.ކާޑު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީއާ އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

24 ފެބުރުވަރީ 2016