ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/224
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 25 އޮކްޓޫބަރު 2026 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޖަރނަލިސްޓް

މަޤާމް

ޖަރނަލިސްޓް

މަޤާމުގެ ރޭންކް

L8 – E1 (P)

ބޭނުންވާ ޢަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއަރޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/8,200 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  •  ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  •  އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  •  ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  •  ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  •  ސްޓާފް ހެލްތު އިންޝުއަރެންސް: ހަމަޖެހިފައިވާ އުސޫލުގެ ދަށުން ސްޓާފް ހެލްތު އިންޝުއަރެންސް ހަމަޖެހޭނެއެވެ.
  •  މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛
  • ނުވަތަ ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ފާސް ލިބިފައިވުން؛ ނުވަތަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޚަބަރު ހޯދުމާއި، ޚަބަރު ތައްޔާރުކުރުމުގެ ޤާބިލް ކަމާއި ހުނަރު ހުރުން؛
  • ވީޑިއޯ ކެމެރާ ކުރުމާއި، ވީޑިއޯ އެޑިޓްކުރަން އެނގުން؛
  • ޚަބަރު ހުށަހެޅުމާއި، ލައިވް އިވެންޓްސް ހުށަހަޅަން އެނގުން؛
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ޚަބަރުތައް ޓްރާންސްލޭޓްކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

  • ރޭޑިއޯ/ޓީވީ/އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން؛
  • ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން؛
  • ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)؛
  • ނިއުސް އިވެންޓްތައް ކަވަރު ކުރަން މާލެއާއި، މާލެއިން ބޭރުގައި ހަރަކާތްތެރިވުން؛
  • ޓީވީއާއި އޮންލައިނާއި އަދި ނިއު މީޑިއާގެ އެކި އެކި ޕްލެޓް ފޯމްތަކަށް ހަދާ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އިންފޯގްރެފިކްސް ހެދުން ނުވަތަ އެހެން ފަރާތެއް ލައްވާ އެ މަސައްކަތްކުރުވުން ނުވަތަ އެހީތެރިވުން؛
  • ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ހަދާ ނުވަތަ ހޯދާ ވީޑިއޯ / އޯޑިއޯ އަދި ސްކްރިޕްޓް އާރކައިވް ކުރުން ނުވަތަ އެހެން ފަރާތެއް ލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން؛
  • މަސައްކަތުގެ މާހައުލުގައި ، ނިއުސްރޫމުގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން؛
  • އެޑިޓޯރިއަލް ޕްލޭނިންގ އަދި ސްޓާފް މީޓިންތަކުގައި ބައިވެރިވުމާއި ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނިކުމެ މަސައްކަތްކުރުން؛
  • އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން؛
  • ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ ޚާއްޞަ ހާލަތްތަކާއި ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަންކަން ކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)؛
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް؛
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-    އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-    އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-    ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ).
  • ޕާސްފޯޓް ސައިޒް ފޮޓޯ (4 މަސް ނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228 3000207 ,  އާއި ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2026