މުބާރާތް
ނަންބަރު: (IUL)268/2023/44
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 05 ނޮވެންބަރު 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނެވި ސްޕޯޓްސް ފިއެސްޓާ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މި އިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީ ބްރޭންޑްކޮށް "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ނަމުގައި މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނެވި ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމްތަކުން، އެއްކަރުދާސް ކުރެވިފައިވާ އެޕްލިކޭޝަން ފޯމް، ޓީމްލިސްޓް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ތިރީގައި ދެންނެވިފައިވާ ތާރީޚްގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމްތައް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމާއި ޤަވާއިދު https://shorturl.at/87TCw  ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

މުބާރާތުގެ ރަޖިސްޓަރޭޝަން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި

05 ނޮވެމްބަރ 2026 (13:00)

ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑި

30 ނޮވެމްބަރ 2026 (13:00)

މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޚް

12 ޑިސެމްބަރ 2026

އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް

[email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

6520042 އާ ގުޅުއްވުން އެދެން

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮކްޓޫބަރު 2026