މަސައްކަތް
ނަންބަރު: (IUL)272-ESMS/272/2016/2
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 03 މާރިޗު 2016 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއުޒިކް ސްޓޭޖު ހެދުމާބެހޭ

އިޢުލާން

މިއުޒިކް ސްޓޭޖު ހެދުމާބެހޭ

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިއުޒިކް ސްޓޭޖެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 2016 މާރިޗު 07 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016