ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2026/61
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 24 އޮކްޓޫބަރު 2026 18:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑައެޅިފައިވާ ސަރަހައްދު ފިޔަވައި އެހެންސަރަހައްދުތަކުގައި ބޮނބި އެޅުން

ބޮނބިފާކުރުމަށްޓަކައި ބޮނބި މޫދުގައި ބެހެއްޓޭނެ ސަރަހައްދެއް މީގެ ކުރިން ކަނޑައަޅާ އާއްމުކޮށް އިޢުލާނު ކުރެވިފައި ވީނަމަވެސް ބައެއްފަރާތްތަކުން ބޮނބިފާކުރުމަށްޓަކައި ބެހެއްޓުމަށް ހުއްދަދެވިފައިވާ ސަރަހައްދު ކަމުގައިވާ ހުޅަނގު ކޮށިމަގު ދިރާގު ދަނޑިންފެށިގެން އިރަށް ވައިގޮރޮއިން އާއި ދޭތެރެ ފިޔަވާ އެހެން ސަރަހައްދު ތަކުގައި ބޮނބިފާކުރުމަށް ބަހައްޓާފައި  އެބަހުއްޓެވެ. އެގޮތުން އާއްމުކޮށް މީހުން މޫދައް އެރެން ބޭނުންކުރާ ސަރަހައްދުތަކުގައި ބޮނބި ފާކުރުމަށް ބަހައްޓާފައި ހުރުމަކީ އެކަމުގެ ސަބަބުން މީހަކަށް ގެއްލުމެއްލިބިދާނެ ކަމެކެވެ.

                        ވީމާ ހުޅަނގު ކޮށިމަގު ދިރާގު ދަނޑިންފެށިގެން އިރަށް ވައިގޮރޮއިން އާއި ދޭތެރެ މޫދު ސަރަހައްދު ފިޔަވާ އެހެން ސަރަހައްދު ތަކުގައި ބޮނބިފާކުރުމަށް ބަހައްޓާފައިވާ ފަރާތްތަކުން 24 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ހުޅަނގު ކޮށިމަގު ދިރާގު ދަނޑިންފެށިގެން އިރަށް ވައިގޮރޮއިން އާއި ދޭތެރެ މޫދު ސަރަހައްދަށް އެތަކެތި ބަދަލުކޮށް ދެއްވުން އެދެމެވެ. ދެންނެވިފައިވާ މުއްދަތުގައި މަތީގައި ދެންނެވިފައިވާ ސަރަހައްދު ފިޔަވާ އިތުރު ސަރަހައްދުތަކުގައި ބޮނބިފާކުރުމަށް ބަހައްޓާފައިވާނަމަ އެތަކެތި ކައުންސިލުގެ ފަރާތުން ނަގާނެވާހަކަ ދެންނެވީމެވެ.   

20 އޮކްޓޫބަރު 2026