ދިވެހިރާއްޖެ
ތ. ވަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އުސޫލު އެކުލަވާލުމުގައި ވީހާވެސް ގިނަފަރާތްތަކެއް ހިޔާލާއި މަޝްވަރާއާއިއެކު އެކުލަވާލުމަށްޓަކައި މިހިނދަށް ކައުންސިލުން އެކުލަވާލައިފައިވާ އުޞޫލައް އާއްމުންގެ ހިޔާލަށް ހުޅުވާލަމެވެ. މި އުސޫލު ފާސްކޮށް ގެޒެޓްކުރެވޭނީ މި ފުރުސަތުގައި ހުށަހެޅޭ ހިޔާލާއި މަޝްވަރާ ގެ މައްޗަށް ގެނެވޭ އިސްލާހުތަކާއި އެކުގައެވެ. ވީމާ، މިއުސޫލައް ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް އެދިލައްވާ ފަރާތްތަކުން ލިޔުމުން ކައުންސިލް އިދާރާއަށް ނުވަތަ ތިރީގައިވާ ގޫގަލް ލިންކު މެދުވެރިކޮށް 1 ނޮވެމްބަރު 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ހިޔާލު ހުށަހަޅާ ގޫގަލް ފޯމުގެ ލިންކު: https://forms.gle/6NhcKCRSnyT4QZpG9
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.