މަސައްކަތް
ނަންބަރު: (IUL)296/296/2016/22
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 14 މާރިޗު 2016 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ އިމާރާތަކަށް ބަދަލު ގެނައުން

އިޢުލާން

ފޮއްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ދެ އިމާރާތެއްގެ ބަދަލު ގެނައުން.

މިއިދާރާގައި ބަލަހައްޓަމުންގެންދާ، ކުރީގެ ފޮއްދޫ ޞިއްޙީ މަރުކަޒު އެކޮމަޑޭޝަން ބްލޮކަކަށް ބަދަލުކުރުމާއި ކުރީގެ ފޮއްދޫ ޕްރީސްކޫލް ޖަލްސާކުރާ މާލަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ދެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 މާރިޗު 08 ވާ އަންގާރަ ދުވަހުގެ ކައުންސިލް އިދާރާ ބަންދުވުމުގެ ނިޔަލަށް މިއިދާރާއާ ގުޅުއްވާ ފަރާތްތަކަށް ނުވަތަ ހާޒިރުވެ މަޢުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކަށް މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. ފޯނުންނަމަ ގުޅުއްވާނީ 6560016 ނުވަތަ 7907933 ފޯނާއެވެ. އަގު ހުށަހަޅުއްވާނީ 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައިވެއެވެ. ފެކްސް: 6560017 މެއިލް: [email protected] އެވެ. މެއިލް ނުވަތަ ފެކްސް އިން ފޮނުއްވާ އަންދާސީހިސާބުވެސް ފޮނުއްވަންވާނީ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުމާދަލްއޫލާ 1437

26 ފެބުރުވަރީ 2016