ދިވެހިރާއްޖެ
ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް
ނ.ވެލިދޫ / ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ ލޯކަލް ބީޗުގައި ޖޫސްބާއެއް ތަރައްޤީކޮށް، ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުން.
ނ.ވެލިދޫ ލޯކަލް ބީޗުގައި ޖޫސްބާއެއް ތަރައްޤީކޮށް، ހިންގުމަށް، 600 އަކަފޫޓުގެ ބިމެއް ލޯކަލް ބީޗުން، 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މިކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓުރީ ކުރެވިފައިވާ 100އިންސައްތަ ދިވެހިން ހިއްސާވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަސިޕް އަދި ކުންފުނިތަކަށެވެ.
ވީމާ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް، 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ން 10:55 ށް ކުންފުނީގެ އޮފީހުން ލިބެން ހުންނާނެެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5000 ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގައެވެ.
ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. ބީލަންފޮތް ބައްލަވައިނުގަންނަވާ އަދި މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވާ ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00ށް، 6563946 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
20 އޮކްޓޯބަރ 2026