ދެންނެވުން
ނަންބަރު: (IUL)291/291/2026/40
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 22 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އަރާ ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ:

އިޢުލާން

 

ނ.ޅޮހި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އަރާ ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ:

 

              ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އަރާ ރުއްގަހުގެ ވެރިން  ހޯދުމަށް ބޭނުންވާތީ، ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން އަދިވެސް ހުރިހައި ރުއްގަހުގެ ވެރިން އެނގިފައިނުވާތީ، އަލުން ކުޅިވަރު އެކުވެނީގެ އިރުމައްޗަށް އަދި ރެޑްރޯސް ގޯތީގެ އުތުރަށް ވާގޮތައް އޮތް ވާގަނޑުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިދެންނެވުނު ބިމުގައި ހުރި ރުއްގަހުގެ ވެރިން 2026 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ޖަހާފައިވާ ނަންބަރު އަދި ވެރިފަރާތް އެނގޭނެގޮތައް މިއިދާރާއަށް އަންގަވައިދެއްވުމަށް ދަންނަވަމެވެ. އަދި، މިމުއްދަތުގެ ފަހުން ރުއްގަސް ނަގައި ބިން ސާފްކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ދެންނެވީމެވެ. އަދި މިމުއްދަތުގެ ފަހުން ރުއްގަހާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި މިކައުންސިލުން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

             މިހެންވެ، މިކަން އާއްމުކޮށް އެންގުމަށް އަލުން އިޢުލާންކުރީމެވެ.

20 އޮކްޓޫބަރު 2026