ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/URH/2026/112
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 27 އޮކްޓޫބަރު 2026 10:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބަޔޯމެޑިކަލް ޓެކްނީޝަން

 

އުނގޫފާރުރީޖަނަލްހޮސްޕިޓަލް
ދިވެހިރާއްޖެ

ބަޔޯމެޑިކަލް ޓެކްނީޝަން
(IUL)URH/URH/2026/112


އިޢުލާނު

 

މަޤާމު:

ބަޔޯމެޑިކަލް ޓެކްނީޝަން

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ފަބްލިކް ސާރވިސް ރޭންކް 5- ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/10664 ރުފިޔާ ( މަހަކު )

ޖޮބް އެލަވަންސް:

-/4976 ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް:

  1. ހާޟިރީ އެލަވަންސް: ( މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ )
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސެންޓަރުތަކުގައި ބޭނުންކުރާ ބަޔޯމެޑިކަލް އިކުއިޕްމަންޓުތަކުގެ މަރާމާތާއި، މެއިންޓެނަންސް އަދި ޕްރިވެންޓިވް މެއިންޓެނަންސް މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އިމީޑިއެޓް ބްރޭކްޑައުން ރިޕެއަރ މަސައްކަތްތަކާއި ޕްލޭންކޮށްގެން ރާވައި ހިންގަންޖެހޭ ޕީރިއޯޑިކް މެއިންޓެނަންސް މަސައްކަތްތައް ހިމެނެއެވެ.
  2. ބަޔޯމެޑިކަލް އިކުއިޕްމަންޓްތައް ކެލިބްރޭޓްކޮށް ވެލިޑޭޓްކުރުމާއި، ސަރވިސްކުރުމާއި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ، އިކުއިޕްމަންޓް އަދި އެހެނިހެން ޓޫލްތައް ހޯދުމަށް އެހީތެރިވުން.
  3. ރިޕެއަރ މަސައްކަތާއި ޕްރިވެންޓިވް މެއިންޓެނަންސް ރިޕެއަރ މަސައްކަތްތަކާއި އިންސްޓޮލޭޝަން މަސައްކަތްތަކުގެ ރެކޯޑު ލޮގްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  4. ޚިދުމަތް ދިނުމަށް ބޭނުންކުރާ މެޝިނަރީތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތްގޮތް އެތަކެތި ބޭނުންކުރާ މުވައްޒަފުންނަށް އަންގައި އޮޅުންފިލުވައި ދިނުން.
  5. މެޝިނަރީތަކާއި އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ނެގުމުގައި ކަމާބެހޭ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. މެޝިނަރީތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ގަވާއިދުން ސަރވިސް ކުރުން.
  7. ސިއްޙީ ޚިދުމަތުގައި ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓްތައް ސްޓޭންޑަޑައިޒް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  8. މެޑިކަލް މެޝިނަރީ އާއި އިކުއިޕްމަންޓްތަކުގެ ހިސްޓްރީ ބެލެހެއްޓުމާއި، ރިޕެއަރ ކުރުމަށް ގެނެވޭ ތަކެތި ރަނގަޅު ކުރުމަށްފަހު އަނބުރާ ފޮނުވުމާއި، އެކަންތަކާގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މެޑިކަލް އިކުއިޕްމަންޓްތަކާ ގުޅޭ ސަރވިސް ކޮންޓްރެކްޓްތައް ތައްޔާރުކޮށް، މޮނިޓަރ ކުރުމާއި، ސަޕްލައަރ ޕަރފޯމަންސް ރިޕޯޓް ގަވާއިދުން ތައްޔާރުކޮށް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  1. ބަޔޯ އިންސްޓްރުމެންޓޭޝަން 
  2. ބަޔޯއިންޖިނިއަރިންގ 
  3. ބަޔޯ މެޓީރިއަލްސް 
  4. ބަޔޯ މެކޭނިކްސް 
  5. ބަޔޯމެޑިކަލް އިންޖިނިއަރިންގ 
  6. ބަޔޯމެޑިކަލް އިންޖިނިއަރިންގ ޓެކްނޯލޮޖީ  
  7. ބަޔޯމެޑިކަލް އިކުއިޕްމަންޓް އިންޖީނިއަރިންގ 
  8. ބަޔޯމެޑިކަލް އިކުއިޕްމަންޓް ޓެކްނޮލޮޖީ 
  9. ބަޔޯމެޑިކަލް އިންފޮމެޓިކްސް 
  10. ބަޔޯމެޑިކަލް އިންސްޓްރުމެންޓޭޝަން 
  11. ބަޔޯމެޑިކަލް ސައެންސް 
  12. ބަޔޯމެޑިކަލް ޓެކްނޯލޮޖީ 
  13. ކްލިނިކަލް އިންޖީނިއަރިންގ 
  14. ކްލިނިކަލް ޓެކްނޮލޮޖީ 
  15. އިލެކްޓްރިކަލް އިންޖިނިއަރިންގ 
  16. އިލެކްޓްރޯނިކްސް އިންޖީނިއަރިންގ 
  17. މެކޭނިކަލް އިންޖިނިއަރިންގ 
  18. މެޑިކަލް ޑިވައިސަސް 
  19. މެޑިކަލް އިލެކްޓްރޯނިކްސް އިންޖީނިއަރިންގ 
  20. މެޑިކަލް އިންޖިނިއަރިންގ 
  21. މެޑިކަލް އިމޭޖިންގ ޓެކްނޮލޮޖީ 
  22. މެޑިކަލް ފިޒިކްސް 
  23. ރިހިބިލިޓޭޝަން އިންޖީނިއަރިންގ 
  24. ސިސްޓަމް އިންޖީނިއަރިންގ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:- ބަޔޯ މެޑިކަލް އިންޖިނިއަރިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް  މޯލްޑިވްސް އަދި ސިވިލްސަރވިސް ޓަރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ސިޓީ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2026 ގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އޮކްޓޯބަރ 2026 އާއި 15 ނޮވެމްބަރ 2026 އާ ދެމެދު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6583706 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

20 އޮކްޓޫބަރު 2026