ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ނަންބަރު: 30-TFSM/267/2026/5 ސިޓީ އިން ދަންނަވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ގުޅުންހުރި ސިނާއަތް ތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުމުގެ މަޤުޞަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް މިވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މި ގްރާންޓް ސްކީމް ގުޅޭ އެންމެހައި މަޢުލޫމާތުތަކާއި،ސްކީމްގެ ދާއިރާތަކުގެ ތަފްޞީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަންހުށަހެޅޭނެ ޚާއްޞަ ޕޯޓަލް https://aaruver.tishagrioccan.gov.mv މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
މި ސްކީމްގެ ޖުމްލަ 7 ދާއިރާގެ ތެރެއިން ގްރާންޓް ދާއިރާ 3 "ފިޝަރީސް ފްލީޓް ޑިވެލޮޕްމަންޓް ގްރާންޓް" 5 " މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް" އަދި "އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް" އަށް ޚާއްޞަކޮށްގެން މަޢުލޫމާތު ސެޝަންއެއް އޮކްޓޫބަރު މަހުގެ 20 ގައި ކުޅުދުއްފުށީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މައުލޫމާތު ސެޝަންތައް އަމާޒުކޮށްފައިވަނީ އޮޑިވެރިންނަށާއި، މަސް ޕްރޮސެސިންގ އަދި މެރިކަލްޗަރގައި ހަރަކާތްތެރިވާ ނުވަތަ ޝައުޤުވެރިކަން ހުރި،ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށެވެ. އަދި، އަންހެނުންނާއި ޒުވާނުން ހިންގާ އަދި ބައިވެރިވާ ވިޔަފާރިތަކަށް މި ގްރާންޓްގެ ދަށުން އިސްކަން ދޭކަން ފާހަގަކުރެއެވެ.