މުބާރާތް
ނަންބަރު: (IUL)248-ESMSED/248/2026/105
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:02
ސުންގަޑި: 25 އޮކްޓޫބަރު 2026 00:14
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026" ގައި ބައިވެރިވުމަށް ހުޅުވާލުން

މި މުބާރާތަކީ، އިހަވަންދޫ އާއި ހއ. އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް ދިރުވާ އާލާކުރުމަށާއި، ހުނަރުވެރި ފުޓުސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކޮށް، ފުޓުބޯޅައަށް އަހުލުވެރި ޒުވާން ޖީލެއް އުފެއްދުމުގެ މަގުޞަދުގައި މި ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ " އިހަވަންދޫ ކައުންސިލް ކަޕް  ފުޓްސަލް މުބާރާތް 2026"، 2026 ނޮވެންބަރު 20 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ހއ. އިހަވަންދޫގެ ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް (ޓީމުތަކަށާއި)، އިހަވަންދޫ ފިޔަވައި، ހއ އަތޮޅުގައި ހުރި ކުލަބް ޖަމިއްޔާތަކަށާއި ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން، 2026 އޮކްޓޫބަރ 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/LQifb3gdbjiyV3MfA

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2026