ދިވެހިރާއްޖެ
އިޢުލާން
އަލަށް ޤާއިމުކުރާ ނެޝަނަލް ޑައޮގްނޯސްޓިކް ސެންޓަރުގެ އެންވަޔަރަންމެންޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 18 ފެބުރުވަރީ 2016 ގައި ކޮށްފައިވާ ނަންބަރު 137-IU/PR/2016/22 އިޢުލާނުގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
13:30 |
03 މާރިޗު 2016 (ބުރާސްފަތި) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ކޮންފަރެންސް ހޯލް |
13:00 |
07 މާރިޗު 2016 (ހޯމަ) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
20 ޖުމާދަލްއޫލާ 1437