ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2026/106
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:58
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭޓަރިންގ ޚިދުމަތް ދޭ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

މި އިދާރާއިން ބާއްވާ އެކިއެކި ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، އިދާރާއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭނުންވާ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުމުގެ ފުރުޞަތު، މި ރަށުގައި ކޭޓަރިންގ ޚިދުމަތްދޭ ކެފޭ/ރެސްޓޯރަންޓްތަކަށާއި، ކާތަކެތި ތައްޔާރުކުރުމުގެ ހުއްދަ އޮތް އަމިއްލަ ފަރާތްތަކަށް ހުޅުވާލަމެވެ.ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
1. ރަޖިސްޓްރީވުމުގެ ޝަރުޠުތައް:
• ކާތަކެތި ތައްޔާރުކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ވުން.
• މި ރަށުގައި ދިރިއުޅޭ ނުވަތަ މި ރަށުގައި ވިޔަފާރި ހިންގާ ފަރާތަކަށް ވުން.
2. ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
• ރަޖިސްޓްރީވުމަށް އެދޭ ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).
• ވިޔަފާރި ރަޖިސްޓްރީ ނުވަތަ އައި.ޑީ ކާޑުގެ ކޮޕީ.
• ކާތަކެތި ތައްޔާރުކުރުމުގެ ހުއްދައިގެ ކޮޕީ.
މި އިދާރާގެ ކޭޓަރިންގ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން، 15 ނޮވެމްބަރ 2026ގެ ފަހުން މި އިދާރާއިން ކޭޓަރިންގ ޚިދުމަތް ހޯދުމަށް ފުރުޞަތު ފޮނުވާނީ ހަމައެކަނި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6582701 އަށް ގުޅުއްވުން އެދެމެވެ.

19 އޮކްޓޫބަރު 2026