ދިވެހިރާއްޖެ
ރ. ދުވާފަރުގައި އެކި ދާއިރާތަކުން މަސައްކަތްކުރައްވާ ހުނަރުވެރި މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް އެކުލަވައިލުމަށްޓަކައި މަސައްކަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
• ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭނެ ގޮތް:
މަސައްކަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
• ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1. ރަޖިސްޓްރީވުމަށް އެދޭ ފޯމު (ފުރިހަމަކުރުމަށްފަހު).
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ޕާސްޕޯޓް ސައިޒުގެ 1 (އެކެއް) ފޮޓޯ.
4. މަސައްކަތްތެރިޔާގެ ހުނަރު ދައްކުވައިދޭ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ލިބިފައިވާނަމަ).
5. މަސައްކަތުގެ ތަޖުރިބާ ދައްކުވައިދޭ ލިޔުންތައް (ލިބިފައިވާނަމަ).
6. ކުރާ މަސައްކަތާއި ގުޅުންހުރި ލިޔުމެއް ނުވަތަ މަޢުލޫމާތެއް (މިސާލަކަށް: ކުރެހުން، މަސައްކަތުގެ ސާމްޕަލް، މަސައްކަތް ކޮށްފައިވާ ތަންތަން ފަދަ މަޢުލޫމާތު).
7. މަސައްކަތްކުރާ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް ހިންގާނަމަ، އެ ކުންފުނީގެ/ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ (ލިބިފައިވާނަމަ).
• ސުންގަނޑި:
މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު، 08 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަނޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
• އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވެއްޖެނަމަ، މި އިދާރާގެ ފޯނު ނަންބަރު 6582701 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.