ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2026/48
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 21 އޮކްޓޫބަރު 2026 12:00
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލަންޓިއަރުން ބޭނުންވެއްޖެ

2026 ނޮވެންބަރު 13 އަދި 14 މި ދެދުވަހު މިރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އަތޮޅު ދިގުފެތުމުގެ ފުރަތަމަ މުބާރާތް 2026" ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ވަށަފަރު ކައުންސިލާ ގުޅިގެން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގެ ތައްޔާރީތަކުގައާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި އަދި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ، ހަރަކާތްތެރި އަދި ހީވާގި ފަރާތްތަކަށް މި ކައުންސިލުން މަރުޙަބާ ކިޔަމެވެ.

ވީމާ، ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2026 އޮކްޓޫބަރ 21 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވާއެކަން ހިއްސާކުރެއްވުން އެދެމެވެ. މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ތިޔަ ފަރާތްތަކުން ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ.

މަޙާސިން މުޙައްމަދު / އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް / 9642399

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2026