ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2026/123
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 އޮކްޓޫބަރު 2026 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގައި ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 އެމް.އެސް. 1

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު:

 1 (އެކެއް)

އަސާސީ މުސާރަ: 

 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

 2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 2,524.50 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސެކްޝަނުން ފޮނުވަން ޖެހޭ އެކިއެކި ލިޔުންތައް ޓައިޕުކޮށް، އެ ތަކެތި ފޮނުވުމާއި، ޖެމްސް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައްކޮށް ފައިލު ކުރަން ޖެހޭ ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

- ސެކްޝަނުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ނޯޓުކޮށް، ޔައުމިއްޔާ ޓައިޕުކުރުމުގެ މަސައްކަތްކުރުން.

- އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ބައްދަލުވުންތަކާ ގުޅިގެން، ދަޢުވަތުކާޑު ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ބައެއް ޚާއްސަ ބޭފުޅުންގެ ޕަރސަނަލް އެސިސްޓެންޓުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން. 

- މީގެ އިތުރުން، ސެކްޝަނުގައި ކުރަންޖެހޭ ޚާއްސަ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

2. މަގާމުގެ ނަން:

 އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ރޭންކް:

 ޖީ.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

 ޕޮލިޓިކަލް އެންޑް ޕާލިމަންޓަރީ އެފެއާޒް އޮފީސް

ބޭނުންވާ އަދަދު:

 1 (އެކެއް)

އަސާސީ މުސާރަ:

 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

 1,500.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 2,009.25 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

 2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

 1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް އައްޔަންކުރައްވައިފައިވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. 

- ސަރުކާރުގެ އިސްމަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ  ކެޕޭސިޓީ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ކުރިއަށް ގެންދެވޭ ޕުރޮގުރާމުތަކަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ހިންގޭ ތަމްރީން ޕުރޮގުރާމުތަކުގެ އިވެލުއޭޝަން ރިޕޯޓު ހަދައި، ޓްރޭނިންގ ރިޕޯޓު ތައްޔާރުކޮށް ޑޮކިއުމެންޓް ކުރުން.

- ޔުނިޓުގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި ކުރަންޖެހޭ ދިރާސާތައް ކުރުމުގައި އެހީތެރިވެދިނުން.

- ޔުނިޓު ހިންގުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، ރެކޯޑު ލިޔެ ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ތަކެތި:

(ހ) "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

(ނ) ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

(ރ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

(ބ) ލިބިފައިވާ ސަނަދުތަކުގެ ކޮޕީ.

(ޅ) ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

(ކ) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

- ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

އިތުރު މައުލޫމާތު:

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 އޮކްޓޫބަރު 25ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީ.ޑީ.އެފް. ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ.

އަދި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

19 އޮކްޓޫބަރު 2026