ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، 2026 އޮކްޓޫބަރު 25ވާ އާދީއްތަ ދުވަހު އޮންނާނެއެވެ. ނީލަންކިޔުން އޮންނާނީ 2026 އޮކްޓޫބަރު 25ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 22ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް މި ފެކަލޓީއަށް ހާޒިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2026 އޮކްޓޫބަރު 25ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އަށް މި ފެކަލްޓީއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.