މަސައްކަތް
ނަންބަރު: 674-A/2026/75
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 25 އޮކްޓޫބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަމިއްލަތަކެތީގައި މިކޯޓުގައި ވޯކްވޭ އެޅުމުގެ މަސައްކަތް ކޮށްދިނުން.

                                       ނަންބަރު: 674-A/2026/75

އިޢުލާން

 

އަމިއްލަތަކެތީގައި މިކޯޓުގައި ވޯކްވޭ އެޅުމުގެ މަސައްކަތް ކޮށްދިނުން.

ކޯޓުންދޭ ކުރެހުމާއި އެއްގޮތަށް  އަމިއްލަ ތަކެތީގައި މި ކޯޓުގެ ގޯތިތެރޭގައި ވޯކްވޭ އަޅައިދޭނެ ފަރާތެއް ބޭނުންވެޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވައި، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް މިކޯޓަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ދީފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. ބީލަންހުށަހަޅާ ފޯމް، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބިޑު ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

25 އޮކްޓޫބަރ 2026

އާދީއްތަ

14:00

އަންދާސީ ހިސާބު ހުށަހެޅުން

01 ނޮވެމްބަރ 2026

އާދީއްތަ

13:30

 

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6841612 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

‏08‏ ޖުމާދަލްއޫލާ‏ 1448

‏19‏ އޮކްޓޯބަރ‏ 2026

        

19 އޮކްޓޫބަރު 2026