ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/214
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 18:44
ސުންގަޑި: 27 އޮކްޓޫބަރު 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/214

މުވައްޒަފުން ބޭނުންވެއްޖެ

 

 

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

މަޤާމް:

އޮފިސަރ، އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

އެންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ކޮންމެ ހަފްތާއަކު ބޯޓްޔާޑްގެ ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން

-        ސެކިއުރިޓީ އަދި ބަދިގެ ސްޓާފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން

-        ހުރިހާ މުވައްޒަފުންގެ ރިކޯޑް ބެލެހެއްޓުން އަދި އަހަރީ ޗުއްޓީއާއި ރަސްމީ ޗުއްޓީއާއި ހާޒިރީ ބެލެހެއްޓުން

-        ބޯޓްޔާޑްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން

-        ބޯޓްޔާޑް އަދި ބޯޓްޔާޑް ބަދިގޭގެ ބިލްތަކުގެ ހުރިހާ ރިފްރެޝްމަންޓް ބިލްތަކާއި ޕެޓީ ކޭޝްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، އެކަންކަން ރަނގަޅަށް ލިޔެކިޔުމާއި އެކައުންޓިންގ އަދި އޮޑިޓްގެ ބޭނުމުގައި ފައިލްކުރުން

ޝަރުތުތައް:

-        މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއާ ބޭނުންކުރަން އެގުން

-        ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން

-        އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

12,500ރ އާއި 13,000ރ އާއި ދެމެދު

ޑިޕާޓްމަންޓް:

އެންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ތިލަފުށި ބޯޓްޔާރޑް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

18 އޮކްޓޫބަރ 2026

18 އޮކްޓޫބަރު 2026