މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2026/369
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 26 އޮކްޓޫބަރު 2026 16:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން އިންތިޒާމު ކުރާ ހެލްތު އެކްސްޕޯ 2026 އޮގަނައިޒު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން އިންތިޒާމު ކުރާ ހެލްތު އެކްސްޕޯ 2026 އޮގަނައިޒު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި  (IUL)23-PD(PMS)/23/2026/340 (30 ސެޕްޓެމްބަރ 2026) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލް ކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހު ރޭގަނޑު 23:59 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

07 ޖުމާދަލްއޫލާ 1448ހ

18 އޮކްޓޫބަރު 2026