ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-P1/30/2026/164
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 27 އޮކްޓޫބަރު 2026 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މި މިނިސްޓްރީން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 20,000 (ވިހި ހާސް) ޓްރޯލް ފްލޯޓްސް ސަޕްލައިކޮށް، ހުޅުމާލޭގައި ހުންނަ ފެޑް ސެންޓަރަށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް

މި މިނިސްޓްރީން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 20,000 (ވިހި ހާސް) ޓްރޯލް ފްލޯޓްސް ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) ފޯރުކޮށްދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)30-P1/30/2026/81 އިއުލާނާ ގުޅިގެން ތަކެތި ފޯރޮކޮށްދެވިފައިނުވާތީވެ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

18 އޮކްޓޫބަރު 2026