މަސައްކަތް
ނަންބަރު: 617-A/2026/15
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 28 އޮކްޓޫބަރު 2026 11:20
ފުލިދޫ މެޖިސްޓްރޭޓް ކޯޓް، ވ.ފުލިދޫ
ދިވެހިރާއްޖެ
ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި ދިދަ ދަނޑިހެދުމާއި، ދިދަ ޕޯސްޓުހެދުމުގެ މަސައްކަތް(3 ވަނަ އިޢުލާން)

ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި ދިދަ ދަނޑިހެދުމާއި، ދިދަ ޕޯސްޓުހެދުމުގެ މަސައްކަތް(3 ވަނަ އިޢުލާން):

 

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ދިދަ ޕޯސްޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: 617-A/2026/8 (17 ސެޕްޓެމްބަރ 2026) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެފަދަ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

         މަޢްލޫމާތު ސާފުކޮށްދިނުން 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:20ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:20 ގެ ކުރިން [email protected]  އަށެވެ.

         ބީލަން ހުށަހަޅާނީ އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 11:20 އަށް މި ކޯޓަށެވެ.

         މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

         ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

18 އޮކްޓޫބަރު 2026