މަސައްކަތް
ނަންބަރު: 617-A/2026/13
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 28 އޮކްޓޫބަރު 2026 11:00
ފުލިދޫ މެޖިސްޓްރޭޓް ކޯޓް، ވ.ފުލިދޫ
ދިވެހިރާއްޖެ
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް(3 ވަނަ އިޢުލާން)

ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް(3 ވަނަ އިޢުލާން):

 

         މިކޯޓުގެ މެޖިސްޓްރޭޓުގެ އިދާރީބައި މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ 617-A/2026/11 (05 އޮކްޓޯބަރ 2026) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު، މި މަސައްކަތުގެ އަންދާސީ ބަޖެޓަށްވުރެއް ބޮޑުކަމަށްވާތީ، މި މަސައްކަތަށް އަންދާސީ ހިސާބު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

         މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 22 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ. ފުލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

         އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

         ބީލަން ހުށަހަޅާނީ 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

         ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

18 އޮކްޓޫބަރު 2026