ދިވެހިރާއްޖެ
މިކައުންސިލަށް އެޗްއާރު ސިސްޓަމެއްހޯދުމަށް 2026 ސެޕްޓެމްބަރ 07 ގައި ކޮށްފައިވާ ނަމްބަރ (IUL)343-AS/343/2026/57 (07 ސެޕްޓެމްބަރ 2026) ގެ އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ މަޢުލޫމާތުޝީޓްގެ މައްސަލަތަކަކާގުޅިގެން، އެ އިޢުލާނަށް ހުށަހެޅިފައިވާ ބިޑް ޕްރޮޕޯޒަލްތަކުގެ އަގުތަކާއި އަދި މުއްދަތުގެ ބޮޑު ފަރަޤެއް ހުރިކަން މިކައުންސިލްގެ ބިޑްއިވެލުއޭޝަން ކޮމެޓީއަށް ފާހަގަކުރެވިފައިވާތީ، އެ ބިޑް ޕްރޮޕޯޒަލްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ މައުލޫމާތުޝީޓާއެއްގޮތައް މިއިދާރާއަށް އެޗް.އާރުސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޫބަރ 28ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00އަށް މިއިދާރާއަށް ވަޑައިގެން ބިޑްޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ ބިޑްޕްރޮޕޯޒަލް ކެނޑުން އޮންނާނީ ބިޑްޕްރޮޕޯޒަލް ހުށައަޅާފަރާތްތަކުގެ ހާޒިރުގައި ހަމަ އެގަޑީގައެވެ.
އެއްވެސް ފަރާތަކުން ބިޑްޕްރޮޕޯޒަލް ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ފޮނުފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއްހީރަސްކޮށް ވަނަވަރު އަންގައިދޭ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.