ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ހެލްތު އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)
ސަރވިސް އެލަވަންސް: -/2500 ރުފިޔާ (ދެހާސް ފަސްސަތޭކަ ރުފިޔާ)
އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައި އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާ އޮތް އޮފީސް: ލ. އަތޮޅު ތަޢުލީމީ މަރުކަޒު
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ލ. އަތޮޅު ތަޢުލީމީ މަރުކަޒު، އެކަޑެމިކް ސެކްޝަން
މަޤާމުގެ ޝަރުޠު:
1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3- ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
1- ދަރިވަރުންނަށާއި، ސްޓާފުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.
2- ދަރިވަރުންގެ ހެލްތު ޗެކްއަޕް ޕްރޮގްރާމް ރާވައި ހިންގުން.
3- ސްކޫލުގެ އިމާރާތްތަކާއި، ގޯތިތެރެއާއި، ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.
4- ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.
5- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.
6- ކުރިއަށްއޮތް އަހަރު ސުކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުން.
7- ސްކޫލުގައި ދަރިވަރުނަށް ހިންގާ ޞިއްޙީ ޕްރޮގްރާމްތައް ހިންގުމާއެކު، އެ ޕްރޮގްރާމްތަކުގެ ލިޔެކިޔުންތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކޮށްގެން.
އިންޓަވިއު ކުރަން ކަނޑައެޅިފައިވާ މުއްދަތާއި ތަން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
- ސަރުކާރު ވަޒީފާއެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މާރިޗު 7 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ.
އިތުރު މަޢޫލޫމާތު:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6800013 ނަންބަރު ފޯނަށް ނުވަތަ 7937013 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
15 ޖުމާދަލްއޫލާ 1437