ދެންނެވުން
ނަންބަރު: (IUL)296/296/2026/60
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:51
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުމަތީ ފަރާތު ޖެޓީ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭ

އިރުމަތީ ފަރާތު ޖެޓީ ސަރަޙައްދަކީ، އާއްމު ރައްތިތުންގެ ތެރެއިން ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން އާއިލާތައް ހިތް ހަމަޖައްސާލުމަށާއި، އަދި މިދެންނެވުނު ސަރަޙައްދުގެ ގޮނޑުދޮށަކީ އާއިލާތައް އެކުގައި މޫދަށް އެރި އުޅުމުގެ ކަންކަންވެސް ކުރާ ސަރަޙައްދަކަށްވެފައި އަދި މި ސަރަޙައްދަކީ އާއްމު ރައްޔިތުން ހިތް ހަމަޖައްސާލުމަށް ދިޔުމަށް ރަގަޅު އެކަށީގެންވާ ސަރަޙައްދެއް ގޮތުގައި ތަރައްޤީ ކުރުމުގެ ވިސްނުން މިކައުންސިލުން ގެންގުޅޭ ސަރަޙައްދެއް ކަމުގައި ދަންނަވަމެވެ. މި ސަރަޙައްދަށް ޖަނަވާރު ފަދަ ތަކެއްޗަށް ކާން އެޅުމާއި، ކުނިއެޅުމަކީ މަނާކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުވެސް އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ.

އަދި މި ދަންނަވާ ސަރަޙައްދު (އަމީރުއަމީނު މަގާއި އޯކިޑުމަގާދެމެދު ސަރަޙައްދު) ގައި ހުރި އާއްމު ރައްޔިތުންގެ ތަކެތި 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި ނަގައި ހުސްކުރުމަށްވެސް ދަންނަވަމެވެ. މި މުއްދަތުގައި ނުގެންގޮސް ހުރި ތަކެތި ނައްތާލެވޭނެ ވާހަކަވެސް އިޢުލާން ކުރަމެވެ.

                މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ޝުކުރުވެރިވަމެވެ.

ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.                   

15 އޮކްޓޫބަރު 2026