ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-29/2016/05
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 07 މާރިޗު 2016 13:00
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލެބޯޓަރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                   ލެބޯޓަރީ އެސިސްޓެންޓް          މަޤާމުގެ ނަންބަރު: 0D/22/2016/9-ފ188

ކްލަސިފިކޭޝަން:              އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:                   ޖީ.އެސް 4

މަސައްކަތް ހަމަޖެހިފައިވާ ތަން:      ގއ.އަތޮޅުމަދަރުސާ

ބޭނުންވާ އަދަދު:              01

މުސާރަ:                  -/5020 ރ

ސާރވިސް އެލަވަންސް:          -/1500 ރ

ޝަރުޠު:

1.  ލެބޯޓްރީއާ ގުޅޭ ކޯހަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ:

2. މަތީސާނަވީ އިމްތިޙާނަކުން ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މަސްއޫލިއްޔަތު:

  1. ލެބޯޓަރީގެ އިންވެންޓްރީ ބެލެހެއްޓުން
  2. ލެބޯޓަރީއަށް ބޭނުންވާ ކެމިކަލްތަކައި، އެހެނިހެން ސާމާނުތައް (މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ލަފާގެމަތިން) ބަޖެޓް ޝެކްޝަނާ ގުޅިގެން ހޯދުން.
  3. ލެބޯޓަރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން.
  5. ޕްރެކްޓިކަލް ހަދަން ލެބަށް ދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން.
  6. ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުން.
  7. ލެބޯޓަރީގެ ސާފުތާހިރުކަން ބެލެހެއްޓުން.
  8. ލެބޯޓަރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓިޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީީފާއަށް އެދޭ ފޯމު
  2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އެޓެސްޓް ކުރެވިފައިވާ އަސްލު
  3. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ
  5. ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް.

ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 މާރިޗު 07 ވާ ހޯމަަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ގއ.އަތޮޅުމަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 7983072      ފެކްސް: 6820037

ނޯޓް: މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ ގއ.އަތޮޅުމަދަރުސާގައެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016